ﷲ ސުބުހާނަހޫ ވަތައާލާ އިންސާނީ ނައުގެ މައްޗަށް ކުރައްވާފައިވާ އިޙުސާންތަކުގެ ތެރެއިން އެބައިމީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވެވުމަކީ އެކަލާންގެ ކިބަފުޅުންވާ އެންމެބޮޑު އެންމެމަތިވެރި ހިމަނާ ކޮޅުން ނުލާފަދަ އިޙުސާނެކެވެ.
އާދެ ކޮން ފަދަ މަތިވެރި އޯގާތެރި ޙަމްދަރުދުރަސޫލެއްތޯއެވެ؟ ހުދު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވަނީ :
“لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ” 1

ޔަޢުނީ: ކަލޭމެންގެ ތެރެއަށް ކަލޭމެންގެ ތެރެއިންވާ ރަސޫލުބޭކަލަކު ވަޑައިގެންފިއެވެ. ކަލޭމެންނަށް އުނދަގޫ ލިބޭ ކޮންމެ ކަމަކުން އެކަލޭގެފާނަށްވެސް އުނދަގޫ ލިބިވަޑައިގަނެއެވެ. އަދި ކަލޭމެންގެ މައްޗަށް ހެޔޮކަމަށް ދަހިވެތިވެވަޑައިގަނެއެވެ. ޚާއްޞަކޮށް މުއުމިނުންގެ މައްޗަށް އޯގާވެރި ހިތްހެޔޮ ބޭކަލެކެވެ. ﷲ ރައްބުލް ޢިއްޒަތް ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި އެކަލޭގެފާނުގެ ރިވެތި އަޚުލާޤުފުޅަށްޓަކައި އެކަލޭގެފާނަކީ އެންމެހާ މުއުމިނުންނަށްވާ ފުރިހަމަ ނަމޫނާއެއް ކަމުގައި ވަޙީކުރައްވާފައިވެއެވެ. އާދެ
” لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا ” 2
މާނައީ: ހަމަކަށަވަރުން ރަސޫލުﷲ ގެފާނަކީ ﷲ ތަޢާލާގެ ރުއްސެވުމާއި ޤިޔާމަތްދުވަހަށް އުއްމީދުކުރާ މީހާއަށްވާ މާތް ރިވެތި ނަމޫނާއެކެވެ. ”

ދެން އަޅުގަނޑުމެންވިސްނާލަންވީ މިދެންނެވި ރިވެތި ނަމޫނާ ޙާޞިލުކުރެވޭނީ ކޮންފަދަޔަކުން ކިހިނެއް ހެއްޔެވެ؟ އާދެ ޝައްކެއްވެސްނެތެވެ. އެގޮތަކީ އަޅުގަނޑުމެން އެކަލޭގެފާނުގެ ސުންނަތަށް ތަބައަވެ އެކަލޭގެފާނުގެ މަތިވެރި ސީރަތާއި އެގޮތަށް ޢަމަލުކުރުމެވެ. ހަމައެފަދައިން އެކަލޭގެފާނުގެ ތެދުވެރި ދޫފުޅުން ޙަދީޘްކުރައްވާފައިވެއެވެ.
“من رغب عن سنتي فليس مني”
މާނައީ: ” ތިމަންކަލޭގެފާނުގެ ސުންނަތުން މޫނު އަނބުރާލައިފި މީހާވަނީ ތިމަންމެންގެ ތެރެއަކުން ނޫނެވެ. ”

އާދެ ދެން އަސްލު މައުޟޫއަށް އެނބުރިލަމާތޯއެވެ. ކުޑަވެސް ޝައްކެއްނެތެވެ. އިސްލާމްދީނުގައި ތުނބުޅިއަށް ދެވިފައިވާ މަތިވެރި މަޤާމު އެއްވެސް ޢިލްމުވެރިއަކަށް ނޯޅޭނެއެވެ. ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އެތައް ޙަދީޘަކުން މާތްވެގެންވާ އިސްލާމްދީނުގައި ތުނބުޅިއަށް ދެވިފައިވާ އަހައްމިއްޔަތު އޮޅުމެއްނެތް ގޮތުގައި ޞަރީޙަކޮށް ޘާބިތުވެއެވެ. ތުނބުޅިއާއި ބެހޭގޮތުން ތަރުޣީބާއި ތަރުހީބުގެ ޙަދީޘްތައް ބައިވަރެވެ. އެންމެ ފުރަތަމަ އަޅުގަނޑުމެން ބަލައިލަންވީ ތުނބުޅިއަކީ ކޮންއެއްޗެއްތޯއާއި، ކޮންއެއްޗަކަށް ކިޔާނަމެއްތޯއެވެ. އާދެ ތުނބުޅިއަކީ ކޯތާފަތުން ފެށިގެން ދައްދޮޅިއާއި ދެމެދުގައި ފަޅާއިސްތަށްޓަށް ކިޔާ ނަމެކެވެ.
ދެން އަޅުގަނޑު ޤަޞްދުކުރަނީ ދީނީ ޙައިސިއްޔަތުން ތުނބުޅީގެ މައްޗަށް ނަޒަރެއް ހިންގާލުމަށެވެ.
” عن جابر رضى الله عنه قال: كان رسول الله صلى الله عليه وسلم كثير شعر اللحى وللترمزي عن عمر : كثر اللحية ”
މާނައީ: “ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ތުނބުޅިފުޅުގެ އިސްތަށިފުޅުތައް ބޯވެފައި ގިނައެވެ.” އެހެން ޙަދީޘެއްގައިވެއެވެ.
“خالفو المشركين وفرو اللحى واحفو الشوارب ” ( بخاري و مسلم )
ޔަޢުނީ: “ކަލޭމެން މުޝްރިކުންނާއި ޚިލާފުވާށެވެ. ތުނބުޅި ދިގުކޮށްފައި މަތިމަސް ކޮށާށެވެ.”
މުސްލިމުގެ އެހެން ރިވާޔަތެއްގައިވެއެވެ.
” قال رسول الله صلى الله عليه وسلم : خالفو المجوس لأنهم كانو يقصون لحاهم ويطولون الشوارب ”
ޔަޢުނީ: ” ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްފުޅުކުރެއްވިއެވެ. ކަލޭމެން މަޖޫސީންނާ ޚިލާފުވާށެވެ. އެހެނީ އެބައިމީހުން ތުނބުޅި ކޮށާފައި މަތިމަސް ދިގުކުރަނީއެވެ. ” އާދެ ޙަދީޘުގެ މުރާދަކީ އޭ މުސްލިމުންނޭވެ. ކަލޭމެން މަޖޫސީ މަޒްހަބުގެ މީހުންނާއި އެއްގޮތް ނުވާށެވެ. އެމީހުން ހަދާގޮތަކީ ތުނބުޅިކުރުކޮށް ކޮށާފައި މަތިމަސް ދިގުކުރަނީއެވެ. ވީމާ ކަލޭމެން މަތިމަސް ކުރުކޮށް ކޮށާފައި ތުނބުޅި ދިގުކުރާށެވެ.
ޠަބަރާނީގައި އިބުނު ޢައްބާސްގެ ޙަދީޘެއްގައި ވެއެވެ.
” من مثل بالشعر فليس عندالله خلاق في يوم القيامة ”
ޔަޢުނީ: ” ތުނބުޅި މުޘްލަތު ( މުޘްލާކުރުމަކީ، މީހެއްގެ ގައިންނަމަ ގުނަވަން ކެނޑުމެވެ ) ކުރާމީހުންނަށް ﷲގެ ޙަޟުރަތުގައި އެއްވެސް ކަހަލަ ނަސީބެއް ނެތެވެ. އިބުނު ޢައްބާސް މިޙަދީޘުގެ ތަފުސީރުގައި ވިދާޅުވެފައި ވެއެވެ. ތުނބުޅި މުޘްލަތު ކުރުމަކީ ތުނބުޅީގެ އިސްތަށިތައް ދެކޯތާފަތްމަތިން ބޭލުމެވެ. މި ޙަދީޘުގެ އަލީގައި އަޅުގަނޑުމެން ފުރެންޗު ކަޓަށް ކަނޑާލާފައި ބަހައްޓާ ތުނބުޅި އެއީ ސުންނަތުން އެއްކިބާވެފައިވާ އަދި ކިއެއްތޯ؟ ހަމައެކަނި ކަންދެއްކުމަށް ބަހައްޓާފައިވާ އެއްޗެއްކަން ޘާބިތުވެއެވެ.

އިބުނު އަބީ ޝައިބާގެ ރިވާޔަތެއްގައިވެއެވެ. މަޖޫސީންގެ ތެރެއިން ތުނބުޅިބާލާފައި މަތިމަސް ދިގުކޮށްފައި ހުރި މީހަކު ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް އަތުވެއްޖެއެވެ. ދެން ރަސޫލާ އޭނާގެ ތުނބުޅިއާ ދިމާލަށް އިޝާރާތްކުރައްވާފައި ޙަދީޘްކުރައްވައިފިއެވެ. ” މިއީ ކޮންކަމެއް ހެއްޔެވެ؟” އޭނަ ދަންނަވައިފިއެވެ. ” މީ އަޅުގަނޑުމެންގެ ދީނުގައި އޮންނަ ގޮތެވެ.” ދެން ރަސޫލާ އޭނައަށް ޙަދީޘްކުރައްވައިފިއެވެ. ” އެކަމަކު އަހަރެމެންގެ ދީނުގައި އޮންނަ ގޮތަކީ މަތިމަސް ކޮށާފައި ތުނބުޅި ދިގުކުރުމެވެ.” އެހެން ޙަދީޘްއެއްގައި އައިސްފައިވެއެވެ. ” ތިމަންކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާންގެ އަމުރުކުރައްވަނީ ތުނބުޅި ދިގުކުރުމަށާއި މަތިމަސް ކޮށުމަށެވެ. ” އަދި ބައެއް ޙަދީޘްގައި މަތިމަސް ބޭލުމަށް އަމުރުކުރައްވާފައިވެއެވެ.
ދެން އަޅުގަނޑު އަލިއަޅުވާލަން ގަސްތުކުރަނީ ތުނބުޅި ބޭލުމާއި ތުނބުޅި ކޮށުމުގެ މައްޗަށެވެ. އާދެ ޞަޙީޙް ޙަދީޘަކުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ތުނބުޅި ކޮއްޓެވިކަމެއް ޘާބިތެއްނުވެއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިންވެސް އެއްވެސް ބޭކަލަކު އިބުނު ޢުމަރު މެނުވީ ތުނބުޅިކޮއްޓެވިކަމެއް ޘާބިތެއްނުވެއެވެ. ވީމާ ސުންނަތް ގޮތަކީ ތުނބުޅިން އެންމެ އިސްތައްޓެއްވެސް ކަޑައިނުލުމެވެ. ނަމަވެސް ބައެއް ޢިލްމުވެރިން އިބުނު ޢުމަރުގެ އަމިއްލަފުޅު އަމަލު ޙުއްޖަތަކަށް ހައްދަވައިގެން ތުނބުޅިން އަތްތިލާގެ ފުޅާމިނަށްވުރެ ދިގުކޮށް ހުންނަ ބައި ކޮށުން ޖާއިޒުކަމުގައި ފަތުވާދެއްވައެވެ. (ވަﷲ އަޢުލަމު ބިއްޞަވާބް) އިމާމް މާލިކާއި އިމާމް އަބޫ ހަނީފާ އަދި އިމާމް އިބުނުހަންބަލުގެ މަޒުހަބުގައި ތުނބުޅި ބޭލުން ހަރާމެވެ. އަދި ހަމަ އެފަދައިން އިމާމް ޝާފިޢީ ރަޙިމަހުﷲ އެކަލޭގެފާނުގެ އަލްއުއްމުއޭ ކިޔާފޮތުގައި ތުނބުޅި ބޭލުން ޙަރާމްކަމުގައި ފަތުވާދެއްވާފައިވެއެވެ.
އިނގިރޭސިވިލާތުގެ ފަސްވަނަ ޖޯޖުގެ އަރިހުގައި އެއްދުވަހަކު މީހަކު ތުނބުޅި ބެހެއްޓެވީ ކީއްވެތޯ ސުވާލުކުރުމުން އޭނާދިން ޖަވާބަކީ އަހަރެން މިދުނިޔޭން ދުށް އެންމެ ލޯބިވާމީހާގެ މޫނުމަތީގައި ތުނބުޅިހުއްޓެވެ. ވީމާ އަހަރެންވެސް އޭނާއަށް ތަބާވުމުގެ ގޮތުން ތުނބުޅިބެހެއްޓީއެވެ. އޭނާގެ މުރާދަކީ އޭނަގެ ބައްޕާފުޅެވެ. އޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޣައިރުމުސްލިމް ދީނެއް ނެތް މީހަކު އޭނާގެ ބައްޕަގެ ޢިއްޒަތާއި ޤަދަރަށް އިޙުތިރާމްކުރުމުގެ ގޮތުން ތުނބުޅި ބެހެއްޓީއެވެ. އެކަމަކު މިއަދު އަހަރެމެން މުސްލިމުންގެ ހުރި ޙާލަށް ވިސްނާ ބައްލަވާށެވެ.
އަޅުގަނޑުމެންގެ ރޫޙާނީ ބައްޕަ އަދި ޖަހާލަތާއި ނޭގުމުގެ އަދިރިކަމުގެ ތެރޭގައި އަޅުގަނޑުމެން ވަނިކޮށް އިލްމާއި ހިދާޔަތުގެ އަލިކަމުގެ ތެރެއަށް ނެރެދެއްވި މާތް ޞާހިބާގެ ގަދަވެގެންވާ ސުންނަތެއް ފައިދޮށުލާ މޮޑެލަނީއެވެ. އަދި ކިއެއްތޯއެވެ. އެ ސުންނަތަށް ޢަމަލުކުރާ ބަޔަކަށް ފުރައްސާރަކުރަނީއެވެ.
” قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ * لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ ” 3
މިފަދަ އަލިގަދަ ފުރިހަމަ ދަލީލުތައް ތުނބުޅިއާއި ބެހޭގޮތުން މަންޤޫލުވެފައިވާއިރުވެސް ބައެއް ޢާލިމުންކަމަށް ހެދިގެންއުޅޭ އުޑެއް ބުޑެއް ވަކިނުވާ ޖާހިލުން، ތުނބުޅިއެއީ އިސްލާމީ ޝިޢާރެއް ނޫންކަމަށް ބުނެއުޅެނީ ކާކުގެ ޙަދީޘަކުން ދަލީލު ހޯދައިގެން ހެއްޔެވެ؟ ބަލަ މުސްލިމުން ޙުއްޖަތް ދައްކާނީ ކީރިތިޤުރުއާނުގެ މޫރިތި އާޔަތުންނާއި ކީރިތިރަސޫލާގެ މޫރިތި ޙަދީޘުންނެވެ. ޙަޤީޤަތް ނޭންގިތިބެގެން ތާކުންތާކު ނުޖެހޭ ވާހަކަދައްކާނީ ޤުރުއާނާއި ޙަދީޘުގެ ޢިލްމުން މަޙުރޫމްވެފައިތިބޭ ޙުރާފީންނެވެ.

އިމާމް ޝާފިއީ ރަޙިމަހުﷲގެ ޅެންބައިތެއްގެ ހުރި ފުރިހަމަކަމެއްގެ ބޮޑުކަމާއެވެ.
” العلم ما قال فيه حدثنا * وما سوى ذاللك وسواس الشياطين ”
ޔަޢުނީ: ” ޢިލްމަކީ ޙައްދަޘަނާ މިހެން ކިޔާއެއްޗެއްސަށް ކިޔާނަމެކެވެ. ” އެބަހީ ޙަޤީޤަތުގައި ޢިލްމަކީ ރަސޫލުﷲ ސައްލަ އަލައިހި ވަސައްލަމަގެ ޙަދީޘްފުޅެވެ. އަދި ޙަދީޘްފިޔަވައި ހުރިހާ އެއްޗަކީވެސް ޝައިތާނާގެ ވަސްވާހެވެ. ކީރިތިޤުރުއާނުގެ މޫރިތި އާޔަތެއްގައި އައިސްފައިވެއެވެ.

ކީރިތިޤުރުއާނުގެ މޫރިތި އާޔަތެއްގައި އައިސްފައިވެއެވެ.
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ
ޔަޢުނީ: ” ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އެކަންކަމާއިގެން ވަޑައިގެންނެވި އެންމެހައި ކަންތައްތަކުގައި ރަނގަޅަށް ހިފަހައްޓާށެވެ. އަދި އެކަލޭގެފާނު މަނަޢަކުރެއްވި ކަންތައްތަކުން މަނަޢަވެގަންނާށެވެ. މަޟްމޫނު ވިދާޅުވާ ބޭފުޅުންގެ އިތުރު މަޢުލޫމާތައްޓަކައި ދަންނަވަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެމައްޗަށް ފޮނުއްވެވި އެންމެހައި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތުނބުޅި ހުރިކަމުގައި މާތްރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅުން ޘާބިތުވެއެވެ. ﷲ ރައްބުލްޢިއްޒަތު އަޅުގަނޑުމެންނަށް އެކަލާންގެ ފޮތަށާއި އެކަލާންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމުގެ ހެޔޮ ތަޢުފީޤުދެއްވާށިއެވެ. ވަމާޢަލައިނާ އިއްލަލް ބަލާޣް.

No comments:
Post a Comment