ޅިޔަނު ކުރިމަތީ މޫނު ނުވާ ނުކޮށް އުޅުން


ސުވާލު:
އަޅުގަނޑަކީ މޫނުބުރުގާ އަޅާ އަންހެނަކީމެވެ. އަޅުގަޑުގެ ފިރިމީހާ ރުހޭ ކަމުގައިވާނަމަ ފިރިމީހާގެ ބޭބެގެ ކުރިމަތީގައި މޫނު ނުވާ ނުކޮށް ހަމައެކަނި ބޮޑު ބުރުގާ އަޅައިގެން އުޅެވިދާނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އަންހެނުން މޫނު ނިވާ ކުރުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ވާޖިބު ކަމެއް ނޫނެވެ. ވީމާ، މިރައުޔަށް ބުރަވާނަމަ ފިރިމީހާގެ ބޭބެ ކުރިމަތީގައި މޫނު ނާޅާ އުޅެވިދާނެއެވެ. ނަމަވެސް ޙަންބަލީ މަޛްހަބުގައި މޫނު ނިވާ ކުރުމަކީ ވާޖިބު ކަމެކެވެ. ވީމާ، މި ރައުޔަށް ބުރަވާ ނަމަ ފިރިމީހާގެ ބޭބެގެ ކުރިމަތީ މޫނު ނާޅާ އުޅުން ހުއްދަ އެއް ނުވާނެއެވެ. ކޮންމެ ކޮޅަކަށް ބުރަވެ ނިންމި ކަމުގައިވީނަމަވެސް ސަމާލުވާން ޖެހޭ ނުކުތާ އަކީ ޅިޔަން ފަހަރިންނަކީ މަރެއް ކަމެވެ.

މާތްﷲ ރުއްސުންލެއްވި ޢުޤުބާ ބިން ޢާމިރު ގެ ކިބައިން ރިވާވެގެންވެއެވެ . ހަމަ ކަށަވަރުން ސަލާމާއި ޞަލަވާތް ލެއްވީ ކީރިތި ރަސޫލާ ޙަދީޡް ކުރެއްވިއެވެ''( إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ فَقَالَ رَجُلٌ مِنْ الْأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ قَالَ الْحَمْوُ الْمَوْتُ ) ( ބުޚާރީ : ޙަދީޡް ނަމްބަރު : 4831) ''  މާނައީ : ތިޔަބައިމީހުން (ހިލޭ ) އަންހެނުންގެތެރެޔަށް ވަދެ އުޅުމުން ދުރުވެ ރައްކާތެރިވެތިބޭހުށިކަމެވެ. އެހިދު އަންޞާރިއްޔަ ބޭކަލަކު ދެންނެވިއެވެ '' ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އޭނާގެ އަޚާގެ އަންހެނުންގެގާތަށް ވަދެނިކުމެ އުޅުމާއިމެދު ދެކެވަޑައިގަންނަނީ ކިހިނެއްހެއްޔެވެ؟''  ޙަދީޡްކުރެއްވިއެވެ''  ފިރިމީހާގެ އެއްބަނޑު އެއްބަފާ ފިރިހެނާ (ޅިޔަނު) އަކީ މަރެވެ'' މީގެ މާނަކީ އެއީ ހަލާކެވެ. އެއީ ނުރައްކާ ކަމެކެވެ. والله أعلم

Raajjeislam

No comments:

Post a Comment

Copyright @ 2013 Al-Hidayath.