ހެޔޮލަފާ މީހުން އެކުވެރިންގެ ގޮތުގައި އިޚްތިޔާރުކުރުން





ރަހުމަތްރިންނާއި އެކުވެރީންވަކީ އިންސާނާގެ ހަޔާތުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެކެވެ. އެކުވެރިންނަކީ ތިބާގެ ހަޔާތުގެ މަރުހަލާތަކުގައި ތިބާގެ ޢަމަލުތަކައި ވިސްނުމަށް އަސަރު ކުރުވާ ބައެކެވެ. އެހެންކަމުން ތިބާގެ ރަހުމަތްތރިން އިހްތިޔާރުކުރުމުގައި ތިބާ ވަރަށް ވިސްނަންޖެހެއެވެ. އެހެނީ ނުބައި އެކުވރިންނައި އެކުގައި ވާނަމަ ތިބާއަށް އެ އެކުވެރިންގެ ނުބައި އަސަރު ކުރާނެއެވެ. އަދި ރަނގަޅު ޞާލިހް އެކުވެރިންނައި އެކުގައުވާނަމަ ތިބާއަށް އެ އެއެކުވެރިންގެ ހެޔޮއަސަރު ކުރާނެއެވެ. އެހެންވީއިރު ތިބާގެ އެކުވެރިއެއްގެ ގޮތުގައި ތިބާ އިޚްތިޔާރު ކުރާނީ ކާކު ތޯއެވެ؟

ހަމަޔަޤީނުންވެސް ރަހުމަތްތެރިންގެ ސަބަބަބުން އިންސާނާގެ ދީނަށާއި އަޚްލާގައި ސުލޫކަށް ވަރަށްބޮޑު އަސަރެއް ކުރުވައެވެ. ﷲ ތަޢާލާގެ ވަހީބަސްފުޅުގެ މާނައިގައި ވެއެވެ؛ “އަނިޔާވެރިޔާ އޭނާގެ ދެ އަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަސް ކިހާ ރަނގަޅުވީސްހެއްޔެވެ؟ | އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު ރަހުމަތްތެރިއެއް ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ! | ހަމަކަށަވަރުން، ތިމަންނަޔާހަމައަށް އެ ޤުރްއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރެއްދައިފިއެވެ. އިންސާނާއަށް އޭނާ ނިކަމެތިކޮށް ދެރަކޮށް އެއްޗެއް ކަމުގައި ޝައިޡާނާ ވެއެވެ. ” (الفرقان: 27-29) އެދުވަހުން އެހެން ބުނުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ތިބާއަށް މި ދުނިޔެ މަތީގައި ފުރުސަތު ލިބިގެންވެއެވެ. މިއަދު ތިބާގެ އެކުވެރިންގެ ގޮތުގައި ހެޔޮލަފާ ޞާލިހުން ނުނަގައިފިނަމަ މާދަމާ ތިބާގެ ހާލަކީ އެއީއެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘް ބަސްފުޅުގެ މާނައިގައި ވެއެވެ: “އިންސާނާވަނީ އެނާގެ އެކުވެރިޔާގެ ގޮތުގައެވެ. އެހެންކަމުން ތިޔަބައި މީހުން ތިޔަބައި މީހުން އެކުވެރިން އިޚްތިޔާރު ކުރުމުގައި ބަލާހުށިކަމެވެ.” (سنن أبي داود:41/4815) ހެޔޮލަފާ ޞާލިހް އެކުވެރިންނައި އެކު ވުމަށް އިސާރަތް ކުރަށްވައި ﷲ ތަޢާލާ ވަހީކުރަށްވާފައި ބަސްފުޅުގެ މާނައިގައި ވެއެވެ: “އަދި އެއުރެންގެ ވެރިރަސްކަލާނގެ ވަޖްހުފުޅު އެދިގެން، އެކަލާނގެއަށް ހެދުނާއި، ހަވީރު ދުޢާކޮށް އަޅުކަންކޮށްއުޅޭ މީހުންނައިއެކު، ކަލޭގެފާނު ނަފްސު ހިފަހައްޓައި ކެތްކުރައްވާށެވެ! އަދި ދުނިޔާގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނު ލޯފުޅު، އެއުރެން ފިޔަވައި ފަހަނައަޅައި ދިޔައަ ނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލްކުރަށްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ އަދި އެމީހެއްގެ ކަންތައް (ނުބައިކަމުން) ހައްދުފަހަނައަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!” (الكهف: 28)
ސުވަރުގޭގެ އަހުލުވެރިންނައި މެދު ﷲ ތަޢާލާގެ ވަހީބަސްފުޅުގައި ވެއެވެ: “އެއުރެންގެ ތެރެއިން މީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނަގެ އެކުވެރިޔަކު ވިއެވެ. | އެ އެކުވެރިޔާ ބުނެއުޅުނެތެވެ. ހަމަކަށަވަރުން، ތިބާވަނީ (ޤިޔާމަތްދުވަސް އަންނާނޭކަން) ތެދުކުރާ މީހުންގެ ތެރެއިން ހެއްޔެވެ؟ | ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށްވެއްޖެހިނދު ހަމަކަށަވަރުން، ތިމަންމެންނީ ޖަޒާ ލިބޭނޭ ބަޔަކުހެއްޔެވެ؟ | އޭނާ ބުނާނެތެވެ. ތިޔަބައިމީހުން ބަލަން ބޭނުންހެއްޔެވެ؟ | ދެން އޭނާ ބަލައިލިއެވެ. ފަހެ، ނަރަކައިގެ މެދުތެރޭގައި އެ އެކުވެރިޔާ ވަނިކޮށް އޭނާއަށް ފެނުނެވެ. އޭނާ ބުނާނެތެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ތިބާ ތިމަން ހަލާކުކޮށްލުމައި ގާތްކުޅައީމުއެވެ.” (سورة الصافات:51-55)
ހެޔޮލަފާ ޞާލިހް އެކުވެރިންނައި އެކު ވުމަށް ބާރުއަޅައި އަދި ނުބައި އެކުވެރިންނައި ދުރުވުމަށް އިންޒާރު ކުރައްވައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ: “ހަމަކަށަވަރުން ހެޔޮލަފާ ޞާލިހް އެކުވެރިންނާއި ނުބައި އެކުވެރިންގެ މިޘާލަކީ ކަސްތޫރި ވިއްކާ މީހަކައި ކަނބުރެއްގެ މިޘާލެވެ. ކަސްތޫރި ގެންގުޅޭމީހާގެ ގާތަށް ތިބާ ގޮސްފިނަމަ އެމީހަކު ތިބާއަށް އޭގެން އެތިކޮޅެއް ދޭނެއެވެ. ނުވަތަ ތިބާ އޭގެން އެއްޗެއް ގަންނާނެއެވެ. ނުވަތަ އެންމެ ކުޑަމިނުން ތިބާ އެ މީރު ވަހުން އަރާމު ލިބިގަންނާނެއެވެ. ނަމަވެސް ކަނބުރެއްގެ ގާތަށް ވަދެއްޖެނަމަ ތިބާގެ ހެދުން އަނދާނެއެ. ނުވަތަ ތިބާގެ ގައިގައި އެ ނުބައިވަސް ހިފާނެތެވެ.” (البخاري:34/314) މި މިޘާލައި މެދު ފިކުރުކޮށް ތިބާގެ އެކުވެރިންގެ ގޮތުގައި ހެޔޮލަފާ ޞާލިހުން އިޚްތިޔާރު ކުރާށެވެ.

No comments:

Post a Comment

Copyright @ 2013 Al-Hidayath.